logo
banner image

ރ. އިނގުރައިދޫގައި ކުނި މެނޭޖުކުރުމުގެ މުހިންމު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ރ. އިނގުރައިދޫގައި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ތަމްރީނު ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން، އިނގުރައިދޫ ކައުންސިލަށާއި މި ދާއިރާއާ ގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޚާއްޞަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި، ރަށު ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރާނެ ގޮތްތަކާއި، ކުނި މަދުކުރުމަށާއި ވަކިކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށް މަޢުލޫމާތު ޙިއްޞާކޮށްފައެވެ. އަދި މިފަދަ ކަންކަމުގައި ކައުންސިލާއި ކަމާގުޅުންހުރި އިދާރާތަކުގެ ދައުރާއި، ޢާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކަށް ވެސް އަލިއަޅުވާލާފައިވެއެވެ.

މި ޕްރޮގްރާމަކީ ރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މުހިންމު ހަރަކާތެކެވެ. ރަށުގެ އެކި މުއައްސަސާތަކުން މި ބައްދަލުވުމުގައި ބައިވެރިވެ، ކުނި މެނޭޖުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.