logo
banner image

ހުރަވީ ދުވަހާ ގުޅޭގޮތުން ހުރާ ސްކޫލް ދަރިވަރުންނަށް މަޢުލޫމާތު ދީފި

ދިވެހިރާއްޖޭގެ ފަޚުރުވެރި ހުރަވީ ދުވަހާ ގުޅިގެން ހުރާ ސްކޫލްގެ ދަރިވަރުންނަށް އެ ދުވަހާ ގުޅޭގޮތުން މަޢުލޫމާތު ދީފިއެވެ.

ހުރާގެ ރަންކަނޑޫ މާލަމުގައި ނޮވެންބަރު 14 ވަނަ ދުވަހު ހުރަވީ ދުވަހާ ގުޅޭ މަޢުލޫމާތު ދިނުމަށް ބޭއްވި މިސެޝަނަކީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ކ. އަތޮޅު ހުރާ ކައުންސިލް ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ހުރާ ސްކޫލް ދަރިވަރުންނަށް ހުރަވީ ދުވަހާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރު، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ދ.ޝ.ޢ) އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އެވެ. މި ސެޝަންގެ ކުރިން ހުރަވީ ދުވަހާ ގުޅޭ ޚާއްޞަ ޑޮކިއުއެމްންޓްރީއެއް ވަނީ ދައްކާފައެވެ.

މި ސެޝަންގައި ހުރަވީ ދުވަހަކީ ކޮބައިކަމާއި ހުރަވީ ދުވަސްހާއި ކ. ހުރާއާ ހުރި ގުޅުންތަކާއި މަލާބާރީންގެ އަޅުވެތިކަމުގެ ކަޅު އަނދިރިކަމުން މިލޮބުވެތި ވަޠަން ސަލާމަތް ކުރައްވައި މިނިވަންކަން ހޯއްދަވައިދެއްވުމަށް ކުރެއްވި މަތިވެރި ޖިހާދާއި ދިވެހި ސަރުކާރުން ހުރަވީ ދުވަސް ފާހަގަކުރަނީ ކީއްވެކަން އެދަރިވަރުންނަށް ވަނީ އޮޅުން ފިލުވައިދެއްވާފައެވެ. އަދި މި ސެޝަންގައި ބައިވެރިވި ދަރިވަރުން ކުރެއްވި ސުވާލުތަކަށް ކަށިމާ އަޙްމަދު ޝާކިރު ވަނީ ޖަވާބު ދެއްވާފައެވެ.

މި ސެޝަންގައި ކ. ހުރާ ސްކޫލްގެ ދަރިވަރުންގެ އިތުރުން ހުރަވީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެލެއްވި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަފުދު ވެސް ބައިވެރިވެލެއްވިއެވެ.