logo
banner image

ހުރަވީ ދުވަހާ ގުޅިގެން ހުރާގައި ވަޒީރު ހީނާ ވަލީދު ގަހެއް އިންދަވާ ދެއްވައިފި

ހުރަވީ ދުވަހާ ގުޅިގެން ކ. ހުރާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހުރާގައި ހީނާ ވަލީދު ގަހެއް އިންދަވާ ދެއްވައިފިއެވެ.

ވަޒީރު ހީނާ ވަލީދު މި ގަސް އިންދަވާ ދެއްވާފައި ވަނީ ނޮވެންބަރު 14 ވަނަ ދުވަހު ހުރާގައި ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިންނެވެ. ވަޒީރުގެ އިތުރުން ހުރާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަފުދުގެ ބޭފުޅުންނާއި ބޭކަނބަލުން ވެސް ވަނީ ހުރާގައި ގަސް އިންދަވާ ދެއްވާފައެވެ. އޭގެ ތެރޭގައި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް ވެސް ހިމެނިލައްވައެވެ.

މިރަސްމިއްޔާތުގައި ހުރާ ކައުންސިލްގެ އިތުރުން ހުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހުރާގެ އެހެނިގެން މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.