logo
banner image

ދިވެހި ތާރީޚުގެ އިސްވާރު ހުރާގައި ބޭއްވި އިސްރަށްވެހީގެން ހަވީރުގައި ހުރަވީ ދުވަހާ ގުޅޭ މަޢުލޫމާތު ދެއްވައިފި

މާލެ އަތޮޅު ހުރާގައި ބޭއްވި އިސްރަށްވެހީގެން ހަވީރުގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރު، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ދ.ޝ.ޢ) އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) ހުރަވީ ދުވަހާ ގުޅޭ މަޢުލޫމާތު ދެއްވައިފި އެވެ.

ކަށިމާ އަޙްމަދު ޝާކިރު ހުރަވީ ދުވަހާ ގުޅޭގޮތުން މަޢުލޫމާތު ދެއްވީ، ހުރަވީ ދުވަހާ ގުޅިގެން ނޮވެންބަރު 14 ވަނަ ދުވަހު ހުރާގައި ބޭއްވި ކުޑަކުދިންގެ ހަވީރާއި އިސްރަށްވެހީންގެ ހަވީރު ބައްލަވާލެއްވުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ހުރަވީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވި ވަފުދުގައި ހިމެނިވަޑައިގެންނެވެ.

މިގޮތުން ހުރާގެ އިސްރަށްވެހީންގެ އެދުމުގެ މަތީން ދޮންބަންޑާރައިންނާއި ކ. ހުރާއާ އޮތް އޮތް ގުޅުމާއި ހުރަވީ ދަރިކޮޅާއި ބެހޭ މަޢުލޫމާތުގެ އިތުރުން ދޮންބަންޑާރައިން ދިވެހި ޤައުމު މިނިވަންކުރެއްވުމަށް ކުރެއްވި މަތިވެރި ޖިހާރުގެ މަޢުލޫމާތާއި އަދި އެއަށްފަހު ދިވެހިރާއްޖޭގެ ތަޚުތާއި ހަވާލުވުމަށް ދިވެހި ރައްޔިތުން އެދުނުހިނދު ކަންތައް ކުރެއްވި ގޮތުގެ އިތުރުން ދޮންބަންޑާރައިން ރަސްކަމުން އަމިއްލަފުޅަށް ފައިބާ ވަޑައިގެން ކަންތައް ކުރެއްވި ގޮތުގެ މަޢުލޫމާތު ތަފްސީލުކޮށް އޮޅުންފިލުވައި ދެއްވިއެވެ.

މި ހަވީރުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަފުދު ވަނީ އިސްވެރަށްވެހީންގެ ހަވީރުގައި ހިމެނޭ އެކިއެކި ސްޓޯލްތަކާއި އަދި އެސަރަހައްދުގައި ކުރިއަށްދިޔަ ކުޑަކުދީންގެ ހަވީރުގެ ހަރަކާތްތަކުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މަޢުލޫމާތު އޮޅުންފިލުވާފައެވެ.