logo
banner image

ކޮޕް31 ގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ބައްދަލުކުރައްވައިފި

ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ތުރުކީގެ އަންތާލިޔާގައެވެ. މި ބައްދަލުކުރެއްވުމުގައި، ކޮޕް31 ގެ ހަވާސާގައި ރާއްޖެއިން އިސްކަންދޭ މޫސުމީ މުހިންމު ކަންކަން ކުރިއެރުވުމަށް ދިވެހި ވަފުދުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ކޮންފަރެންސްގައި ދިވެހި ވަފުދުން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަމުންދަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ، މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

ކޮޕް31 ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޓީމުން ދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ވަކާލާތު ކުރަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަފުދުގެ މަސައްކަތްތައް ފާހަގަކުރައްވައި، ހިތްވަރު ދެއްވާފައެވެ.