logo
banner image

އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ.

މި އެއްބަސްވުންތަކުގެ ދަށުން މަގުހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބަނދަރު ތަރައްގީކުރުން އަދި މޫދަށް އެރޭ ސަރަހައްދުތަކާއި ސްލިޕްވޭ ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މަގުހެދުމުގެ މަޝްރޫއުތައް

  • އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ މަގުހެދުމާއި (ވެލިމަގު)، ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖެހުން ( މުއްދަތު: 450 ދުވަސް)

• ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ ވެލިމަގު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 540 ދުވަސް).

• ކ. މާފުށި: 2.29 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 780 ދުވަސް).

• ނ. މާޅެންދޫ: 2.075 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 630 ދުވަސް).

• ރ. އަނގޮޅިތީމު: 3.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).

• ރ. ވާދޫ: 2.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން. (މުއްދަތު: 630 ދުވަސް)

• ށ. ކޮމަންޑޫ: 2.7 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 450 ދުވަސް).

• ތ. ވަންދޫ: 2.4 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ޖެހުން (މުއްދަތު: 720 ދުވަސް).

ގޮނޑުދޮށް ހިމާޔަތްކުރުމާއި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުން

• އއ. މާޅޮސް: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ވެލިން ގޮނޑުދޮށް މުއްސަނދިކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިންސް އަދި އިރުމަތީ ފަރާތުގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).

• ހއ. ތުރާކުނު: ބޮޑުހިލައިގެ ބްރޭކްވޯޓާ، ގްރޮއިން އަދި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން (މުއްދަތު: 360 ދުވަސް).

• ހދ. ނައިވާދޫ: ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުން އަދި ވެލިން ގޮނޑުދޮށް މުއްސަނދިކުރުން (މުއްދަތު: 90 ދުވަސް).

• ހއ. ވަށަފަރު: ރިވެޓްމަންޓް، ބޭރުތޮށި އަދި ގްރޮއިން ޖެހުން (މުއްދަތު: 360 ދުވަސް).

• ނ. މިލަދޫ: ރިވެޓްމަންޓް ޖެހުމާއި ބޭރުތޮށިލުން (މުއްދަތު: 450 ދުވަސް).

• ރ. ފައިނު: މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އެޅުމާއި، ވެލި އެޅުމުގެ އިތުރުން ގްރޮއިން ޖެހުން (މުއްދަތު: 150 ދުވަސް).

ބަނދަރު އަޕްގްރޭޑްކުރުމާއި ތަރައްގީކުރުމުގެ މަޝްރޫއުތައް

• ކ. ތުލުސްދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).

• ނ. ހޮޅުމީދޫ: އެއްގަމުތޮށި ލުމާއި، ބޮޑުހިލައިގެ ބްރޭކްވޯޓާ އަދި ރިވެޓްމަންޓް ޖެހުމާއި، ފަޅު ފުންކުރުން އަދި ކޮންކްރީޓް ބްރިޖް އެޅުން (މުއްދަތު: 360 ދުވަސް).

• ތ. ކަނޑޫދޫ: މިހާރުގެ ބަނދަރާއި ނެރު ފުންކުރުން، އުތުރު ފަރާތުގެ ނެރު ފުންކުރުން އަދި ދެކުނު ފަރާތުގެ ނެރުފައިކަށި ދިގުކުރުން (މުއްދަތު: 360 ދުވަސް).

• ގއ. ކަނޑުހުޅުދޫ: ބައު ބަނދަރާއި އައު ބަނދަރު އަދި ނެރު ފުންކުރުން، އެއްގަމުތޮށި ލުން، މޫރިންގ ބޯއީ، ބްރިޖް، ޑިންގީ ޖެޓީ، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ނެރުފައިކަށި، ރިވެޓްމަންޓް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 480 ދުވަސް).

• ގއ. ނިލަންދޫ: ބައު ބަނދަރާއި ނެރު އަދި އައު ބަނދަރު ފުންކުރުން، ސޭންޑްފިލް އަދި ސަބްމާޖްޑް ބްރޭކްވޯޓާ، ރިވެޓްމަންޓާއި ގްރޮއިން ޖެހުން، އެއްގަމުތޮށި ލުން، ރޭމްޕާއި ބްރިޖް، ޑިންގީ ޖެޓީ އަދި ބައްތި ހަރުކުރުން (މުއްދަތު: 720 ދުވަސް).

• ތ. ވިލުފުށި: ބަނދަރާއި ނެރު ފުންކުރުން، ނެގޭ ވެލިން އުތުރު ފަރާތް ބެކްފިލްކުރުން، އެއްގަމުތޮށި ލުން، ބޮޑުހިލައިގެ ބްރޭކްވޯޓާ، ސޭންޑްފިލްޑް ރިވެޓްމަންޓް، މޫރިންގ ބޯއީސް، ރޭމްޕާއި ބްރިޖް، ގްރޮއިންސް އަދި ބަނދަރާއި ނެރު ބައްތި ހަރުކުރުން (މުއްދަތު: 600 ދުވަސް).

ހދ. ވައިކަރަދޫގައި ސްލިޕްވޭއަކާއި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން

މި މަޝްރޫޢުގެ ދަށުން، އޮޑިދޯނިފަހަރު އެހެލާ ސަރަހައްދަކާއި މޫދަށް އެރޭ ސަރަހައްދެއް ހަދައި، އެ ދެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި ބޮޑުހިލައިގެ ބްރޭކްވޯޓާ ގާއިމުކުރުމާއި، ގޮނޑުދޮށަށް ވެލިއަޅައި މުއްސަނދިކުރުމުގެ އިތުރުން ވެލިގަނޑު ހިފެހެއްޓުމަށް ގްރޮއިން ޖެހުމުގެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޏ. ފުވައްމުލަކުގައި އޮފިސް ކޮމްޕްލެކްސް

މި މަޝްރޫއުގެ ދަށުން 9 ފަންގިފިލާގެ އޮފިސް އިމާރާތަކާއި، ކޮމާޝަލް ޔުނިޓްތަކާއި، ޑޭކެއާ ސެންޓަރެއް އަދި އިވެންޓް ހޯލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. (މުއްދަތު: 900 ދުވަސް)

މި މަޝްރޫއުތައް ހިންގާ ދާއިރާތައް ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.