ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ 48 ބިމެއް ގަތުމުގެ ފުރުސަތު
2011 ވަނަ އަހަރު ހިންގި "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން މާލެއާއި ވިލިނގިލިން ޖުމްލަ 48 ބިމެއް ގަތުމުގެ ފުރުސަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުން ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށެވެ.
ވިއްކުމަށް އިއުލާނުކޮށްފައިވާ ބިންތަކުގެ ތަފުސީލު:
- ޖުމްލަ ބިމުގެ އަދަދު: 48 ބިން
- ވިއްކާ އަގު އަކަފޫޓަކަށް 2,000 ރުފިޔާ
އަވަށްތަކަށް ބަލާއިރު ބިންތައް ބެހިފައިވާ ގޮތް:
- މާފަންނު: 21 ބިން
- މައްޗަންގޯޅި: 10 ބިން
- ގަލޮޅު: 7 ބިން
- ހެންވޭރު: 9 ބިން
- ވިލިނގިލި: 1 ބިން
މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން 2021 ގައި ގެޒެޓުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" ގެ ދަށުންނެވެ.
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމާއި ބޭނުންވާ ލިޔެކިޔުންތަކާއެކު 08 ޑިސެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
އެޕްލިކޭޝަން ފޯމާއި ވިއްކާ ބިންތަކުގެ ޗާޓު 08 ނޮވެންބަރު 2026 އިން ފެށިގެން މިނިސްޓްރީގެ ރިސެޕްޝަނުންނާއި ރަސްމީ ވެބްސައިޓުން (infrastructure.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
