ކޮމްސެކްގެ 42 ވަނަ މިނިސްޓީރިއަލް ސެޝަންގައި ސްޓޭޓް މިނިސްޓަރު ޙުސައިން ޒާމިރު ތަޤުރީރު ކުރައްވައިފި
ސްޓޭންޑިންގ ކޮމިޓީ ފޮރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (ކޮމްސެކް) ގެ 42 ވަނަ މިނިސްޓީރިއަލް ސެޝަން ހުޅުވުމުގެ ގޮތުން، އޭޝިއާ ސަރަޙައްދުގެ މެންބަރު ޤައުމުތަކުގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، ޙުސައިން ޒާމިރު ތަޤުރީރުކުރައްވައިފިއެވެ.
ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި، އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމާއި، ލުއި ގޮތްތަކެއްގައި ވިޔަފާރީގެ މާލީ އެހީތެރިކަން ލިބޭނެ މަގުތައް ފަހިކުރުމުގެ އިތުރުން، މެންބަރު ޤައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
