ރައްޔިތުންގެ މަޖިލީހުގެ ރައީސް "މޯލްޑިވްސް އެކްސްޕޯ 2026" އަށް ޒިޔާރަތްކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ "މޯލްޑިވްސް އެކްސްޕޯ 2026" އަށް ޒިޔާރަތްކުރައްވައި، އެ މައުރަޒު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެކްސްޕޯގައި ބައިވެރިވާ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްތެރިންގެ އިތުރުން އެގްޒިބިޓަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އުފެއްދުންތަކާއި ޚިދުމަތްތަކުގެ އިތުރުން އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
