މައިކްރޮނީޝިއާގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި
3 ނޮވެންބަރު 2026
މައިކްރޮނީޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ ރިކީ އެފް. ކަންޓޭރޯ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، މަނިކުފާނަށާއި މައިކްރޮނީޝިއާގެ ސަރުކާރަށާއި އެންމެހާ ރައްޔިތުންނަށް، މައިކްރޮނީޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުވަމެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގައި ދިވެހިރާއްޖެ އާއި މައިކްރޮނީޝިއާއިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަވެގެންދާނެކަން އަޅުގަނޑަށް ޔަޤީނެވެ.
މަނިކުފާނުގެ ހެޔޮ ސިއްހަތަށާއި ދުޅަހެޔޮކަމަށް އެދޭއިރު، ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނީޝިއާގެ ރައްޔިތުންނަށް ފާގަތިކަމާއި އަމާންކަން މިންވަރުކޮށްދެއްވުން އެދި ދުއާކުރަމެވެ.
އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ."
