logo
banner image
ޚާރިޖީ ވުޒާރާ

ތުރުކީގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

29 އޮކްޓޯބަރ 2026

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސަލެންސީ ހަކާން ފިދާން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތުރުކީގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނާއި، ތުރުކީގެ ސަރުކާރު އަދި ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކުބާދީ އަރިސްކުރަމެވެ.

މި ފުރުޞަތުގައި، ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ޤާއިމުވެފައިވާ އުޚުއްވަތްތެރި ގުޅުން ފާހަގަކޮށް، އެކަމުގެ އަގު ނުހަނު އިޚްލާޞްތެރިކަމާއެކު ވަޒަންކުރަމެވެ. އަދި މި ބަދަހި ގުޅުމުގެ މައްޗަށް ބިނާކޮށް، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް އޮތް އަހަރުތަކުގައި މި އެކުވެރިކަން އިތުރު އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤިންކަން އަރުވަމެވެ.

އަދި މި ހެޔޮ ދުވެލި ދެމެހެއްޓުމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އެއްބާރުލުން އިތުރުކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތްކުރުމުގެ ޔަޤީންކަން އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީމެވެ."