logo
banner image

ޅ.ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

ޅ.ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފިއެވެ.

މި ދޮށީ ކަނދުފަތި އަޅާފައި ވަނީ އޮކްޓޯބަރ 31 ވަނަ ދުވަހުއެވެ.

މި ކަނދުފަތީގެ ނަންބަރަކީ F11D01-02 އެވެ.

މި ވަދު ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:

05°25.600’N

08.300 74°’E

ކަނދުފަތި ޤާއިމްކުރުމާއި ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މުހިންމު މަސައްކަތެކެވެ.

މި ކަނދުފަތި ޤާއިމްކުރުމުގެ މަޤްޞަދަކީ އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުމެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.