logo
banner image

"ގްރީން ސިލްކް ރޯޑް" އިންޓަރނޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޢާއިޝަތު އިނާޔާ އަދި ޑެޕިއުޓީ މިނިސްޓަރ ޢަލީ ނާޞިރު ބައިވެރިވެވަޑައިގެންފި

2026 ވަނަ އަހަރުގެ "ބެލްޓް އެންޑް ރޯޑް ގްރީން އިނޮވޭޝަން ކޮންފަރެންސް" އަދި "އިކޯ އެކްސްޕޯ އޭޝިއާ" ގެ ހަވާސާގައި ކުރިއަށްދިޔަ "ގްރީން ސިލްކް ރޯޑް" އިންޓަރނޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް އޮން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ ޢާއިޝަތު

އިނާޔާ އަދި ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަލީ ނާޞިރު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރ ޢާއިޝަތު އިނާޔާ ދެއްވި ތަޤުރީރުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ހައި

ސިއްޔަތުން ދިވެހިރާއްޖެއަށް ކުރިމަތިވަމުންދާ ތިމާވެށީގެ އަދި މޫސުމީ ޚާއްޞަ ގޮންޖެހުންތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލެއްވިއެވެ. ވަކިން ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތައް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށާއި، ނާޒުކު ތިމާވެށީގެ ދިރުންތައް ރައްކާތެރިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތުތަކާއި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ބައިވެރިންނާ ޙިއްސާކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދެމެހެއްޓެނިވި ތަރައްޤީއަށް ދުނިޔެ ކުރަމުންދާ ދަތުރު އަވަސްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެއްބާރުލުން މިހާރަށްވުރެ ވަރުގަދަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ޒަމާނީ، އީޖާދީ އުފެއްދުންތަކާއި ފަންނީ ޢިލްމާއި ތަޖުރިބާ ޤައުމުތަކުގެ މެދުގައި ބަދަލުކުރުމަކީ މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.