logo
banner image

ތިލަމާލެ ބްރިޖު: ވިލިމާލެއާއި ގުޅިފަޅު ގުޅުވާލައިފި

ތިލަމާލެ ބްރިޖު މަޝްރޫއު ދަށުން ވިލިމާލެއާއި ގުޅިފަޅު ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓް ލޯންޗުކޮށް، އެ ދެ ރަށް ބްރިޖުން އެއްކޮށް ގުޅުވާލައިފިއެވެ.

މިއީ މުޅި ބްރިޖު މަޝްރޫއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި މަޝްރޫއު ހިންގުމަށް އިންޑިއާގެ އެގްޒިމް ބެންކުން ވަނީ ލައިން އޮފް ކްރެޑިޓްގެ ދަށުން 400 މިލިއަން ޑޮލަރުގެ ލޯނެއް ދޫކޮށްފައެވެ. މީގެ އިތުރުން އިންޑިއާ ސަރުކާރުން ވަނީ މި މަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ފޯރުކޮށްދީފައެވެ.