ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ބާއްވައިފި
މޯލްޑިވްސް އެކްސްޕޯ 2026 ގެ ހަވާސާގައި ބޭއްވުނު ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ފޯރަމްގައި، ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނީގެ މަންދޫބުންނާއި، ދެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ވިޔަފާރިވެރިން އަދި ދާއިރާގެ މުހިންމު ފަރާތްތައް ހިމެނޭހެން 200 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވިއެވެ.
މި ފޯރަމްގައި، ޓެކްނޮލޮޖީގެ އައު އީޖާދުތަކާއި، މައުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާއި، ތިމާވެށްޓާ ރައްޓެހި އިޤުތިޞާދީ ބަދަލުތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތަކުގެ ޒަރީއާއިން ދެ ގައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މުއައްސަސާތަކާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި ފަސް ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ.
