ތިލަފުށީގެ އައު ބައިނަލްއަޤުވާމީ ބަނދަރުގެ ކާގޯ ޓާމިނަލަށް ހުއްދަ ދޫކޮށްފި
ތިލަފުށީގެ އައު ބައިނަލްއަޤުވާމީ ބަނދަރުގައި ހުންނަ ކާގޯ ޓާމިނަލުން ކޮންޓެއިނަރު ކްލިއަރެންސްގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، އެ ތަނަށް ވަދެނިކުމެ އުޅުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުސޫލުތައް މިނިސްޓްރީގެ އޮޑިޓް ޓީމުން އިންސްޕެކްޓްކޮށްފިއެވެ.
މި އެސެސްމަންޓަށްފަހު، ޓާމިނަލް ހިންގުމުގެ ހުއްދަ މިނިސްޓްރީން ދޫކޮށްފައިވީ ނަމަވެސް، ހުއްދައިގެ ޝަރުތުތައް ފުރިހަމަކުރުމަށްޓަކައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެ ކަންކަން އިސްލާހުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
