logo
banner image

ކޮޕް17 ގެ ހަވާސާގައި ޔޫއެންއީޕީގެ އިކޯސިސްޓަމްސް ޑިވިޜަންގެ ޑިރެކްޓަރާ ދިވެހިރާއްޖެއިން ބައްދަލުކޮށްފި

ކޮޕް17 (COP17) ސަމިޓުގެ ހަވާސާގައި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގެ އިކޯސިސްޓަމްސް ޑިވިޜަންގެ ޑިރެކްޓަރ ޑރ. ސޫޒަން ގާޑްނަރ އާ ދިވެހިރާއްޖޭގެ ވަފުދުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށް ޔޫއެންއީޕީން ޒަމާނުއްސުރެ ވެދެއްވަމުން ގެންދަވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ފަރާތުން ވަނީ އެ ޖަމްޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ތިމާވެށީގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ގުދުރަތީ ވެށި ހިމާޔަތްކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ޔޫއެންއީޕީއަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ އެކި މަސައްކަތްތަކުގައި މުހިންމު ބައިވެރިއެކެވެ.