logo
banner image

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ގުރައިދޫގައި ކޭމްޕުކޮށްފި

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު، ކ. ގުރައިދޫގައި ކޭމްޕުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ވަގުތެެއްގައި މި ޓީމު ރާއްޖެއަށް އައިސްފައިވާއިރު ފަލަސްތީނު ޓީމު އަނބުރާ ގައުމަށް ފުރާނީ އަންނަ މަހުގެ 5 ވަނަ ދުވަހެއެވެ.

ރާއްޖޭގައި ހޭދަކުރާ މުއްދަތުގެ ތެރޭގައި، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމުން ރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމާ ދެކޮޅަށް ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅޭނެއެވެ.

މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއާއި، އަންނަ މަހުގެ 2 ވަނަ ދުވަހު މާލޭގައެވެ.

މި ދަތުރަކީ ފަލަސްތީނާ އެކު ދިވެހިރާއްޖެއިން އޮންނަ ގާތް ގުޅުމާއި އެކުވެރިކަން ދައްކުވައިދޭ ކަމެއްގެ އިތުރުން ދެޤައުމުގެ ކުޅުންތެރިންނަށްވެސް ފައިދާކުރުވަނިވި ތަޖުރިބާތަކެއް ލިބިގެންދާނެ ދަތުރެކެވެ.