ސްޓޭޓް މިނިސްޓަރ ހޮންގް ކޮންގްގައި ފެހި އިންނޮވޭޝަން ކޮންފަރެންސްގެ މައިގަނޑު ތަޤްރީރު ދެއްވައިފި

2026 ވަނަ އަހަރުގެ ބެލްޓް އެންޑް ރޯޑް ގްރީން އިންނޮވޭޝަން ކޮންފަރެންސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި، ސްޓޭޓް މިނިސްޓަރ އައިޝަތު އިނާޔާ މައިގަނޑު ތަޤްރީރު ދެއްވައިފިއެވެ. ހޮންގް ކޮންގްގައި ކުރިއަށްދާ މި ކޮންފަރެންސްގައި، ރާއްޖޭގެ ތިމާވެށީގެ އަދި މޫސުމީ ބަދަލުތަކާ ގުޅުންހުރި މުހިންމު ކަންކަމަށް އެކަމަނާ އަލިއަޅުއްވައިލެއްވިއެވެ.
އެކަމަނާގެ ތަޤްރީރުގައި، ފެހި ބަދަލު އަވަސްކުރުމަށާއި، އިތުރަށް ހަރުދަނާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް، ބައިވެރިވުންތަކާއި، ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ދެމެހެއްޓެނިވި މާލީ އެހީތެރިކަމުގެ މުހިންމު ދައުރުގެ މައްޗަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިލެއްވިއެވެ. މިކަންކަމަކީ ދިވެހިރާއްޖޭގެ ތިމާވެށީގެ ސިޔާސަތުތަކާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި އިސްކަންދޭ މައިގަނޑު ކަންކަން ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
