އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޓީމު ސްޓެލްކޯގެ އިސްވެރިންނާ ބައްދަލުކުރައްވައިފި
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ތަޢާރަފުކޮށް، އެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން އެ މަޝްރޫޢުގެ ޓީމު ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން އަދި އެ މަޝްރޫޢު އިފްތިތާޙް ކުރުމަށް ބާއްވާ ހަރަކާތުގައި ސްޓެކްކޯގެ ފަރާތުން ބޭނުންވާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ.
