logo
banner image
ޚާރިޖީ ވުޒާރާ

ހަންގޭރީގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

23 އޮކްޓޫބަރު 2026، މާލެ

ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު، ހަރ އެކްސެލަންސީ އަނީޓާ އޮރްބާން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ހަންގޭރީގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކަމަނާއަށާއި ހަންގޭރީ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ހަންގޭރީއާ ދެމެދު އޮތް ޒަމާންވީ ގުޅުން ވަޒަންކޮށް، ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެންގެ ރައްޔިތުންގެ ލާބައަށް، ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަނާ އާއި ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ.

އަޅުގަނޑު ކަމަނާއަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."