އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު ތަޢާރަފުކޮށް، އެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުންް މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި ވަޒީރު ހީނާ ވަލީދު ބައްދަލުކުރައްވައިފި
ސަރުކާރުން ފަށާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ތަޢާރަފްކޮށް އެރުވުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އަދި މަޝްރޫޢުގެ ޓީމުން މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުންނާއެކު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގަައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްރޫޢުގެ މައިގަނޑު މަޤުޞަދުތަކާއި، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ހަރަކާތްތަކުގެ އިތުރުން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ވަނީ ޙިއްޞާކުރައްވާފައެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ދިވެހި މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމެވެ.
5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ ޝިޢާރަކީ "އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" އެވެ
މި ޚާއްސަ ޤައުމީ މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުމުގެ ގޮތުން، ވަޒީރު ހީނާ ވަލީދާއި މަޝްރޫޢުގެ ޓީމު، މަޝްރޫޢު ފެށުމަށް ވާ ތައްޔާރީތަކުގެ ތެރެއިން ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކާއި އެކު ދަނީ ބައްދަލު ކުރައްވަމުންނެވެ.
