logo
banner image

މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް ނޯޓިސް ދީފި

ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައިހުރިތޯ ބެލުމަށް މާލޭ ސަރަޙައްދުގައި ހިންގި އިންސްޕެކްޝަނެއްގައި، ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނާ ޚިލާފަށް މުދަލުގައި އަގު ނުޖަހާ ހުރި 17 ފިހާރައަކަށް އެކަން ރަނގަޅުކުރުމަށް ނޯޓިސް ދީފިއެވެ.

މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުން މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 15 އިން 20 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި މާލޭ ސަރަޙައްދުގެ ޖުމްލަ 34 ފިހާރައެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އިންސްޕެކްޝަނުގެ ތެރެއިން ޗެކުކުރެވުނު ފިހާރަތަކުގެ ތެރެއިން 17 ފިހާރައެއްގައި ތަކެތި ވިއްކަން ބަހައްޓާފައި ހުރީ ކޮންސިއުމަރ ޕްރޮޓެކްޝަން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ނުޖަހައެވެ. އެހެންކަމުން، ޤާނޫނާ އެއްގޮތަށް އެކަންކަން އިޞްލާޙުކޮށް ރަނގަޅުކުރުމަށް އެ ވިޔަފާރިތަކަށް މިހާރު ވަނީ ރަސްމީކޮށް ނޯޓިސް ދީފައެވެ.

މުދަލުގައި އަގު ޖަހާފައިހުރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން އިންސްޕެކްޓްކުރަމުން ގެންދާނެއެވެ. އަދި ޤާނުނުގައި ބަޔާންކުރާގޮތަށް އަގުޖަހާފައ ނުހުންނަ ވިޔަފާރިތަކަށް ފިޔަވަޅު އަޅަމުން ގެންދާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.