އެމް.ޓީ.ސީ.ސީ އަށް ބޭއްވި ފުރަތަމަ ސެޝަނާއެކު، ނޭޝަނަލް ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް އިފްތިތާޙްކޮށްފި
މަގުމަތީގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހުލުވެރިކުރުވުމާއި، މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކާއި އޭގެ ސަބަބުން ލިބޭ އަނިޔާތަކާއި ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް މަދުކުރުމަށްޓަކައި، "ނޭޝަނަލް ރޯޑް ސޭފްޓީ އެވެއަރނަސް ޕްރޮގްރާމް" ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ދަށުން، ފުރަތަމަ ހޭލުންތެރިކުރުވުމުގެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޓީމަށެވެ. މިއީ މަގުމަތީގެ ރައްކާތެރިކަމުގެ ސަގާފަތް ހަރުދަނާކޮށް، އެންމެހައި ފަރާތްތަކަށް އަމާން މަގުތަކެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފުރަތަމަ ފިޔަވަޅެވެ.
