މޯލްޑިވްސް އެކްސްޕޯ 2026 ގެ އެކި ދާއިރާތަކުން ވަނަތަކަށް ހޮވުނު 130 ފަރާތަކަށް އެވޯޑު ހަވާލުކޮށްފި
މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް، ޖުމްލަ 290 އެވޯޑެއް ހަވާލުކޮށްފިއެވެ.
މި އެކްސްޕޯގައި އެކި ދާއިރާތަކުން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި އެކި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ޖުމްލަ 439 ބައިވެރިންގެ ފަރާތުން 4,434 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ.
މީގެ ތެރެއިން އެންމެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވަނީ އަމިއްލަ ފަރުދުންނެވެ. އެއީ ޖުމްލަ އުފެއްދުންތަކުގެ 74.5 އިންސައްތަ ނުވަތަ 3,303 އުފެއްދުމެވެ. މީގެ އިތުރުން، ވިޔަފާރިތަކުން 764 އުފެއްދުމެއް ހުށަހަޅާފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން 254 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ.
