މިއަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މިއަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިބަހުގެ އެކެޑަމީއާއި މި މިނިސްޓްރީ ގުޅިގެން ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި "މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ ދަށުން ބާއްވާ ބަހުސް މުބާރާތް އޮންނާނީ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން https://docs.google.com/forms/d/e/1FAIpQLScXGaFKtvtFPqE2tJajW73NnoHBzhiKJhQogsHbgH5WoQ7e5Q/viewform
މި ލިންކު މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށް ފަހު ހުށަހަޅަންޖެހޭ ތަކެއްޗާ އެކު 5 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ވަނީ ހުޅުވާލާފައެވެ.
މުބާރާތުގެ ގަވާއިދު މިހާރު ވަނީ ގެޒެޓު ކޮށްފައެވެ.
