logo
banner image

ދިޔަވަމުންދިޔަ އާރުޓީއެލް ލޯންޗަކަށް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފި

ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް އާރުޓީއެލް ލޯންޗެއް ދިޔަވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހދ.ކުޅުދުއްފުށީ އާރުޓީއެލް ބަނދަރުގައި އޮތް މި ލޯންޗު، ދިޔަވާން ފެށިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު 05:35 ހާއިރެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދަށް ގޮސްފައެވެ. އަދި، ލޯންޗަށް ދިޔަވުން ހުއްޓުވުމަށް ފަޔަރމަނުން ކުރި މަސައްކަތުން، ލޯންޗަށް ދިޔަވުން ކޮންޓްރޯލް ކުރެވިފައިވަނީ 07:50 ހާއިރެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ބޯކޮށް ވާރޭވެހި ލޯންޗަށް ފެންއެޅި، ލޯންޗުގެ ސައިލެންސަރއަށް ފެން ވަދެގެން ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.