logo
banner image

ކިހާދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ޒިޔާރަތްކޮށްފި

ބ. ކިހާދޫ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ޒިޔާރަތްކޮށްފިއެވެ.

މި މަހު 21ވަނަ ދުވަހު، އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ދަރިވަރުން ކުރި މި ޒިޔާރަތުގައި، އެ ސްކޫލުގެ ފައުންޑޭޝަން ސްޓޭޖުގެ ދަރިވަރުންނާއި، ގްރޭޑް 1ގައި ކިޔަވަމުންދާ 25 ދަރިވަރުންނާއި 4 މުދައްރިސުން ބައިވެރިވިއެވެ.

މި ޒިޔާރަތުގައި އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގެ ވޯކްޝޮޕްތަކުގައި ކުރާ ބައެއް މަސައްކަތްތައް ދައްކާލުމާއި، ދަރިވަރުންނާ ގުޅޭ ބައެއް އާލާތްތަކުގެ މަޢުލޫމާތު ދިނުމާއި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ދަރިވަރުންނަށް ވަނީ ދީފައެވެ.

މި ޒިޔާރަތުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މަސައްކަތްކުރަމުންދާ މުދައްރިބުންނެވެ.