މިނިސްޓްރީއާއި ޖީއެމްޓީއެމްއޯ އިން މާލެ ސިޓީ ކައުންސިލާއެކު ފޮލޯ-އަޕް ބައްދަލުވުމެއް ބާއްވައިފި
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީސް (ޖީ.އެމް.ޓީ.އެމް.އޯ) އިން މާލެ ސިޓީ ކައުންސިލާ އެކު ފޮލޯ-އަޕް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު 2026/16) ގެ ދަށުން، އެއްގަމު ދަތުރުފަތުރާ ގުޅޭ ބައެއް ޒިންމާތަކާއި މަސްއޫލިއްޔަތުތައް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މީގެ ކުރިން ކުރެވުނު މަޝްވަރާތަކަށް ފަހު، މި މަސައްކަތްތައް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
މި ޒިންމާތައް ބަދަލުކުރުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، އާންމުންނަށް ދެވޭ ހިދުމަތްތަކަށް ބުރޫނާރާނެހެން ކަންކަން ތަރުތީބުކުރުމަށްޓަކައި، މި މަސައްކަތް އެއްކޮށް ނިމެންދެން ގަވާއިދުން ކޯޑިނޭޝަން ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
