logo
banner image

މިނިސްޓްރީއާއި ޖީ.އެމް.ޓީ.އެމް.އޯ އިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފި

އެއްގަމު ދަތުރުފަތުރުގެ ގާނޫނު (ގާނޫނު ނަންބަރު: 2026/16) ގެ ދަށުން އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް (ޖީ.އެމް.ޓީ.އެމް.އޯ) ގެ އިސްވެރިން މާލެ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އާންމުންނަށް ދެވޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމާއި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.