logo
banner image

މިނިސްޓަރ ސަޢީދު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ ތައްޔާރީތައް ބައްލަވާލައްވައިފި

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް މަޢުރަޒު ބާއްވާ ސަރަޙައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި މިނިސްޓަރ ވަނީ މަޢުރަޒަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވައިފައެވެ.

މި އަހަރުގެ މަޢުރަޒު އޮންނާނީ 25 އޮކްޓޫބަރު 2026 އިން 2 ނޮވެންބަރު 2026 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.