logo
banner image
ޚާރިޖީ ވުޒާރާ

ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ ޑރ. ޔޮހާން ވަޑެޕުލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އަލްފާޟިލާ އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.

"ޖަރުމަނުވިލާތުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ޖަރުމަނުވިލާތު ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުމަކީ ދިވެހިރާއްޖެއިން ނުހަނު ބޮޑު އަހައްމިއްތުކަމެއްދޭ ކަމަކަށްވީހިނދު، ދެ ޤައުމުގެ ޝައުޤުވެރިކަން އޮތް ދާއިރާތަކުން ގުޅިގެން، ގާތުން މަސައްކަތްކުރާ ކަމަށް ޝުކުރުވެރިވަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމާއި އެއްބާރުލުން ދިނުން އިތުރަށް ވަރުގަދަކުރުމަށް މަނިކުފާނާއި ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރުއާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."