logo
banner image

ވަޒީރު ހީނާ ވަލީދު ޗައިނާގެ ޤައުމީ އަރުޝީފަށާއި ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފި

ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ޤައުމީ އަރުޝީފަށާއި ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައިފިއެވެ

ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ވަޒީރު ހީނާ ވަލީދު ކުރެއްވި ޒިޔާރަތުގައި، އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އަންނާން އޮތް ޖީލުތަކަށް ސަގާފީ ހަނދާންތައް ދެމެހެއްޓުމުގައި ލިޔުންތެރިކަން އަދާކުރާ މުހިންމު ދައުރާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، އެ ކަންކަން ބައްލަވާލައްވާފައިވެއެވެ.

ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ވަޒީރު ހީނާ ވަލީދު، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ވެސް ޒިޔާރަތްކުރައްވައި، ލިޔެކިޔުންތަކުގެ ތަރިކަ ރައްކާތެރިކުރުމާއި، މަޢުލޫމާތާއި ޢިލްމު ފެތުރުމުގެ އިތުރުން، ފޮތްކިއުމުގެ އާދަ އަށަގަންނުވައި އުމުރަށް ދެމިގެންދާ އުނގެނުމަށް ބާރުއެޅުމުގައި އެ ކުތުބުޚާނާއިން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ.

ޗައިނާއަކީ ތާރީޚާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމުގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކާ ޤައުމެކެވެ. އެގޮތުން ދާއިރާގެ ކަންކަމުގައި ޗައިނާއިން ގެންގުޅޭ އީޖާދީ ވިސްނުން އެހެން ޤައުމުތަކަށް ޚާއްސަކޮށް އޭޝިއާގެ ޤައުމުތަކަށް ޙިއްސާކުރުމަށް ޗައިނާއިން އަބަދުވެސް އިސްކަން ދެއެވެ. ވަޒީރު ހީނާ ވަލީދުގެ މި ދަތުރުފުޅަކީ ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރުމަށް އޭޝިއާގެ ޤައުމުތައް ގުޅިގެން އުފެދުނު ފުރަތަމަ ޖަމިއްޔާގެ 4 ވަނަ ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.