logo
banner image

ލިޓްލް ޖެމްސް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި

ލިޓްލް ޖެމްސް ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް މިއަދު ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 94 ދަރިވަރުންނާއި 35 މުދައްރިސުން ބައިވެރިވިއެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މަޢުލޫމާތުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕުގައި ބޭނުންކުރާ ބައެއް ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގައި މަސައްކަތްކުރަމުންދާ ސިފައިންނެވެ.