ލ. ގަމުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެ
"ބިލްޑިންގ ކްލައިމެޓް ރެޒިލިއެންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން، ލ. ގަމުގައި ކުރިއަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ބައިވެރިވެއްޖެއެވެ.
ލ. ގަން ކައުންސިލް އިދާރާގެ ފަރާތުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ، ރަށުގެ މާޙައުލާއި ވެށި ސާފުތާހިރުކޮށް ބެހެއްޓުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ ދަށުން ލ. ގަމު، މުކުރިމަގުގެ ހަވިއްތައާއި، ބޮޑަފެންގަނޑު (ޕަރީ ފެންގަނޑު) އަދި މަތިމަރަދޫ ގޯނި ބީޗް ހިމެނޭ ސަރަޙައްދުގެ އަތިރިމަތި ވަނީ ސާފުކޮށްފައެވެ.
ސަރުކާރުގެ އދާރާތަކާއި ކްލަބް ޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ހިންގި މި ހަރަކާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ 13 ސިފައިންނާއި، ކައްދޫގައި މިހާރު ކުރިއަށްދާ 14ވަނަ ބޮޑީގާޑް ޓްރޭނިންގ ކޯހުގެ 34 ސިފައިން ބައިވެރިވިއެވެ.
