"އަތަމާ ޕެލެސް"ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި ރޯވި އަލިފާން، އެފް.އާރ.އެސް އިން ނިއްވާލައިފި
މަޖީދީމަގު ހުންނަ "އަތަމާ ޕެލެސް"ގެ ތިރީގައި ހިންގާ ރެސްޓޯރެންޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު އިއްޔެ 17:27 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 17:44 ހާއިރުއެވެ.
އެ ރެސްޓޯރަންޓްގެ ބަދިގޭގައި ބޭނުންކުރަމުން އައި ގޭސްފުޅިއެއްގައި އަލިފާން ރޯވި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
