logo
banner image

ދ.ކުޑަހުވަދޫ، "ހިޔާ"ގޭގެ ގުދަނެއްގައި ރޯވި އަލިފާން، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ދ.ކުޑަހުވަދޫ، "ހިޔާ"ގޭގެ ގުދަނެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ މަޢުލޫމާތު އޮކްޓޫބަރު 16ވަނަ ދުވަހުގެ ރޭ 00:45 ހާއިރު ލިބުމާ އެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ އެ ރޭ 00:56 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.