ކިންޑާ ޕްރީ ސްކޫލުގެ ޕްރީ ކަބް އަދި ސްޓަރ ދަރިވަރުން، ކޯސްޓްގާޑު ޝިޕް ޢިމާދުއްދީނަށް ޒިޔާރަތްކޮށްފި
ކިންޑާ ޕްރީ ސްކޫލުގެ ޕްރީ ކަބް އަދި ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޢިމާދުއްދީނަށް ޒިޔާރަތްކޮށްފިއެވެ.
މިއަދު އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޢިމާދުއްދީނަށް ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 23 ދަރިވަރުންނާއި 10 މުދައްރިސުން ބައިވެރިވިއެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މަޢުލޫމާތުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕުގައި ބޭނުންކުރާ ބައެއް ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޢިމާދުއްދީންގައި މަސައްކަތްކުރަމުންދާ ސިފައިންނެވެ.
