ކުޅުދުއްފުށީގެ ފެންހިންދާ ނިޒާމާއި ކަނޑޫފާކުޅިތައް ބެލެހެއްޓުމުގެ މަޝްރޫޢުގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު

ކުޅުދުއްފުށި ސިޓީގެ ލޮބުވެތި ރައްޔިތުންނާއި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.
ކުޅުދުއްފުށި ސިޓީގައި ޤާއިމުކުރެވިފައިވާ ފެންހިންދާ ނިޒާމު ހަރުދަނާކޮށް، ރަށުގެ ޤުދުރަތީ ވެއްޓާއި ކަނޑޫފާކުޅިތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢުގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މި މަޝްވަރާ ބައްދަލުވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، މިމިނިސްޓްރީ އޮފް ކުލައިމެޓް ޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ އެންހާންސިންގ ކްލައިމެޓް ރެޒީލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުން ގުޅިގެން ހިންގާ މަޝްވަރާ ބައްދަލުވުންތަކެއް. މިބައްދަލުވުންތަކުގައި ބައިވެރިވެ ހިޔާލު ހުށަހަޅުއްވާ!
