logo
banner image

ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ އެދިލެއްވުމުގެ މަތިން، ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން މިމަހުގެ 06 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގދ. ފަރެސްމާތޮޑާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރާ ކަމަށެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، މި ބީލަމަށް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓްރީގެ GC01 ގެ ގްރޭޑް 6, 5, 4, 3, 2, 1 ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (R-158/2023) އާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިއުލާނުގައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 77,000.00 ރ (ހަތްދިހަ ހަތް ހާސް ރުފިޔާ) ދައްކަން ޖެހޭ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 7 އޮކްޓޫބަރު 2026 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އިއުލާނުގައިވެއެވެ.

މި މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ 22 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00:00 ގެ ކުރިން ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ބީލަމާއި ގުޅޭ އިތުރު މައުލޫމާތު މި (ލިންކް) އިން ފެނިވަޑައިގަންނަވާނެއެވެ.

އިއުލާނު ނަންބަރު: (IUL)13-K/13/2026/200