ބެންކޮކް ކްލައިމެޓް އެކްޝަން ވީކް 2026 ގައި ރާއްޖޭގެ ވަފުދަކުން ބައިވެރިވެއްޖެ
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދިޔަ "ބެންކޮކް ކްލައިމެޓް އެކްޝަން ވީކް 2026" ގައި ދިވެހިރާއްޖޭގެ ވަފުދަކުން ބައިވެރިވެއްޖެއެވެ.

މި އޮކްޓޫބަރު މަހުގެ 9 އިން 11 ގެ ނިޔަލަށް ބޭއްވި މި ހަރަކާތުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ޑިރެކްޓަރ ތިބްޔާން އިބްރާހީމް އަދި ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ ޢާއިޝަތު ރީޝާ ސުހައިލްއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގެ ތެރެއިން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ހޯދުމާ ގުޅޭގޮތުންނާއި، އެފަދަ މަސައްކަތްތަކަށް ބޭނުންވާ ޤާބިލުކަން އިތުރުކުރުމަށް (ކެޕޭސިޓީ ބިލްޑިންގ) އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުހިންމު ސެޝަންތަކުގައި ރާއްޖޭގެ މަންދޫބުން ވަނީ ޢަމަލީގޮތުން ބައިވެރިވެފައެވެ.
