logo
banner image

ބެޑްމިންޓަން އަމްޕަޔަރުން ތަމްރީނު ކުރުމުގެ ކޯހެއް ގދ.ހޯނޑެއްދޫގައި ފަށަނީ

ބެޑްމިންޓަން އަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށް އަމްޕަޔަރުން ތަމުރީނު ކުރުމުގެ ކޯހެއް ގދ.ހޯނޑެއްދޫގައި ފެށުމަށް ހަމަޖެހިއްޖެއެވެ.

މިއީ މި ވުޒާރާއިން ބެޑްމިންޓަން އެސޯސިއޭޝަނާއި ހޯނޑެއްދޫ ކައުންސިލް އަދި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓސްއާ ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށްދާނީ 25 އޮކުޓޫބަރުން ފެށިގެން 31 އޮކުޓޫބަރާ ހަމައަށެވެ.

މި ކޯހަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ފޯމް ފުރާ 30 ފަރާތަކަށެވެ. އަދި ފޯމުފުރާ ފަރާތްތަކުގެ ތެރެއިން 35 އަހަރުން ދަށުގެ ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހޯނޑެއްދޫގައި ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 20 އޮކުޓޫބަރެވެ.

މިކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ކިއު.އާރު ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީ ވެވޭނެއެވެ.

https://forms.gle/VFkedrvkpM3FXQTo8