logo
banner image

ޝައިން ލާނަރސް ޕްރީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި

ޝައިން ލާނަރސް ޕްރީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފިއެވެ.

އޮކްޓޫބަރު 5ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 46 ދަރިވަރުންނާއި 15 މުދައްރިސުން ބައިވެރިވިއެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މަޢުލޫމާތުގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕުގައި ބޭނުންކުރާ ބައެއް ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީގައި މަސައްކަތްކުރަމުންދާ ސިފައިންނެވެ.