logo
banner image

ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ޑަބްލިއުޑީސީ ގުޅިގެން "ދަމަނަ-2026" ކަސްރަތު ޕްރޮގްރާމް ފަށައިފި

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ފުވައްމުލަކު ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގުޅިގެން ފުވައްމުލަކު އަންހެނުންނަށް ޚާއްޞަކޮށްގެން ހިންގާ "ދަމަނަ-2026" ކަސްރަތު ޕްރޮގްރާމް ފަށައިފިއެވެ.

ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ނިލާމްއެވެ. މިއީ އެމްއެންޑީއެފާއި ފުވައްމުލަކު ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދާ 3 ވަނަ ފަހަރެވެ.

އޮކްޓޫބަރު 3އިން ނޮވެމްބަރު 2އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ފުވައްމުލަކު ސިޓީގެ 105 ކަނބަލުން ބައިވެރިވެފައިވެއެވެ. އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމްގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ ތަފާތު ވައްތަރުގެ ކަސްރަތުތައް ރަނގަޅު ގޮތުގައި ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ކަސްރަތު ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓްގައި މަސައްކަތްކުރާ ސިފައިންނެވެ.