logo
banner image

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައިފި.

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

މި ބައްދަލުވުން ކުރިއަށް ދިޔައީ ފަންނާއި ސަގާފަތާއު ތަރިކައާ ބެހޭ ވުޒާރާގައެވެ.

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިޔުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ވިލަރެސް ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފައި ވާ އިރު، މި ކެމްޕެއިން ފެށުމަށް ޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުޒާރާގެ ފަރާތުން މިހާރު ދަނީ ވަމުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ކަންކަން ވިލަރެސްކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ މި ކޮމިޓީގައި ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ހިމެނޭހެން ޖުމްލަ 9 މެންބަރުން ހިމެނެއެވެ.

ކޮމިޓީގައި ހިމެނޭ ވުޒާރާތަކާއި މަންދޫބުން

މި ވިލަރެސް ކޮމިޓީ އެކުލެވިގެންވަނީ ސަރުކާރުގެ މުހިންމު ވުޒާރާތަކާއި މީޑިއާގެ އިސް ފަރާތްތައް ހިމެނޭ ގޮތަށެވެ. އެގޮތުން ކޮމިޓީގައި ހިމެނެނީ:

1. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (އިބްރާހިމް ސޮބާހް / ޑެޕިއުޓީ މިނިސްޓަރ)

2. ދާޙިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރ (ނަސްރީ ނާ އިދްރީސް / ޑިރެކްޓަރ)

3. ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ (އަލީ ފަހުމީ / ކެޕްޓަން)

4. ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ (މުޙައްމަދު ނާތީމް / އެޑިއުކޭޝަން ސްޕްރިންޓެންޑެން)

5. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ (އަޙްމަދު އައިމަން / ޑެޕިއުޓީ މިނިސްޓަރ އޮފް ފިނޭންސް އްންޑް ޕަބްލިކް އެންޓަޕްރައިޒަސް)

6. ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާ (މަރްޔަމް ލަހުފާ ޙަލީލް / ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ)

7. އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ (އައްޝައިޚް އަޙްމަދު ފަހުމީ ދީދީ / ވާއިޡް)

8. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ (ޝާދިޔާ އަޙުމަދު / ޑިރެކްޓަރ)

9. ޕަބްލިކް ސާވިސް މީޑިއާ - ޕީއެސްއެމް (އިބްރާހިމް އިޤްބާލް - އެގްޒެކެޓިވް ޑިރެކްޓަރ ކޮންޓެންޓް މޮނިޓަރިންގ އެންޑް އިވެންޓްސް ކޯޑިނޭޝަން)

މިއަދު ބޭއްވުނު މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދަން ރޭވިފައިވާ ގޮތްތަކާއި، މި މަޝްރޫއުގައި ކޮމިޓީން އަދާކުރާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.