logo
banner image
ޚާރިޖީ ވުޒާރާ

ތުރުކްމެނިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޑެޕިއުޓީ ޗެއާރމަން އޮފް ދަ ކެބިނެޓް އޮފް މިނިސްޓަރސް އަދި ޚާރިޖީ ވަޒީރު އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

ތުރުކްމެނިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އެ ޤައުމުގެ ޑެޕިއުޓީ ޗެއާރމަން އޮފް ދަ ކެބިނެޓް އޮފް މިނިސްޓަރސް އަދި ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ރާޝިދު މެރެދޯފް އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖު ތިރީގައި އެވަނީއެވެ.

" ތުރުކްމެނިސްތާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި، ތުރުކްމެނިސްތާން ގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އަރިސް ކުރުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ދިވެހިރާއްޖެ އާއި ތުރުކްމެނިސްތާން އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ އަގު ރާއްޖެއިން ވަޒަން ކުރަމެވެ. ކުރިއަށް އޮތް އަހަރު ތަކުގައި، ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނޭކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތެވެ.

ދެ ޤައުމުގެ މަސްލަހަތާއި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އާއި މިގުޅުން އިތުރަށް ބަދަހި ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުރީމެވެ.

މި ފުރުޞަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި ކާމިޔާބީއަށް އެދި، އަދި ތުރުކްމެނިސްތާން ގެ ރައްޔިތުންނަށް އަމާންކަމާއި، ކުރިއެރުމާއި އުފާ ފާގަތިކަމަށް އެދެމެވެ.

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އަރުވަމެވެ.