logo
banner image

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، ހއ. ބާރަށަށާއި ހއ. އުތީމަށް ވަޑައިގެންފި

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު، 2026 ސެޕްޓެންބަރު 24 އިން 26 އަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ހއ. ބާރަށަށާއި ހއ. އުތީމަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު މި ދެ ރަށަށް ވަޑައިގެންނެވުމުން، ދެ ރަށުން ވެސް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ބާރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާ އާސާރީ ތަންތަން ބައްލަވާލެއްވިއެވެ. އަދި އުތީމުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ވެސް ވަޒީރު ބައްލަވާލެއްވިއެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އަދި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.