logo
banner image

ހދ.ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގެ ދަރިވަރުން، ކޯސްޓްގާޑް ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފި

ހދ.ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލާއި، އަފީފުއްދީން ސްކޫލް އަދި ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް އިމާދުއްދީނަށް ޒިޔާރަތްކޮށްފިއެވެ.

ސެޕްޓެންބަރު 25ވަނަ ދުވަހު ކޯސްޑްގާޑު ޝިޕް އިމާދުއްދީނަށް ކުރި ޒިޔާރަތުގައި، އެ ސްކޫލު ތަކުގެ 96 ދަރިވަރުންނާއި 12 މުދައްރިސުން ބައިވެރިވިއެވެ.

މި ޒިޔާރަތުގައި، ކޯސްޓްގާޑު ޝިޕް އިމާދުއްދީނާ ބެހޭ މަޢުލޫމާތާއި، ބްރިޖް އިކުއިޕްމަންޓްތަކާއި، އަލިފާން ނިއްވުމާއި، ޑައިވިންގ އަދި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ ވަސީލަތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތްތެރިކަމާއި، ކޯސްޓްގާޑުގެ ދައުރާއި މަސްޢޫލިއްޔަތާ ބެހޭ މަޢުލޫމާތު ވެސް ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ ކޯސްޓްގާޑު ޝިޕް އިމާދުއްދީނުގައި މަސައްކަތްކުރަމުންދާ ސިފައިންނެވެ.