logo
banner image

ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް މޯލްޑިވްސް އެކްސެލެރޭޓަރ ފައިނަލް ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވެއްޖެ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީ.އާރް.އޭ) ގުޅިގެން "ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް މޯލްޑިވްސް އެކްސެލެރޭޓަރ ފައިނަލް ވޯކްޝޮޕް" ގައި ބައިވެރިވެއްޖެއެވެ.

މި ވޯކްޝޮޕް ކުރިއަށްދަނީ 2026 ސެޕްޓެމްބަރު 22 އިން 24 ގެ ނިޔަލަށް، އޮސްޓްރޭލިއާގެ ޓައުންސްވިލްގައި ހުންނަ ޖޭމްސް ކުކް ޔުނިވަރސިޓީގައެވެ. މި ބައްދަލުވުމަކީ ގްރޫޕް އޮން އަރތް އޮބްޒަވޭޝަންސް (ޖީ.އީ.އޯ) އަދި ޖޭމްސް ކުކް ޔުނިވަރސިޓީގެ ކޮލެޖް އޮފް ސައިންސް އެންޑް އިންޖިނިއަރިންގ ގައި ހުންނަ ގްލޯބަލް އިކޮލޮޖީ ލެބް ގުޅިގެން އިންތިޒާމުކޮށްފައިވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން، ރާއްޖޭގެ ޤައުމީ އިކޯސިސްޓަމް ޗާޓު (މެޕް) އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ނިންމުމެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ވޯކްޝޮޕްގައި، ރާއްޖޭގެ އެއްގަމުގެ އިކޯސިސްޓަމްތަކާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތާއި ތަޖުރިބާގެ އަލީގައި، މެޕުގެ އެންމެ ފަހުގެ ވާޝަން މުރާޖަޢާކޮށްފައިވެއެވެ. މީގެއިތުރުން، މި ޗާޓުގެ ސައްޙަކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި އައު މަޢުލޫމާތުތައް (ޓްރެއިނިންގ ޑޭޓާ) ހިމަނައި، ދިވެހިބަހާއި ރާއްޖޭގެ ސަޤާފީ ތަރިކަ ރަމްޒުކޮށްދޭ ގޮތަށް މި ޗާޓު ބައްޓަންކުރުމަށް ބައިވެރިން ވަނީ އެހީތެރިވެދީފައެވެ. އަދި މި ވޯކްޝޮޕް ނިންމާލުމަށް ހަމަޖެހިފައިވަނީ އެއްކުރެވުނު ޑޭޓާތައް ލިޔެކިޔުމަށް ތިރިކޮށް، ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް އަދި ޢާންމުންނަށް ލިބޭނެ އިންތިޒާމުތައް ރޭވުމަށްފަހުގައެވެ.

މި އެކުލަވާލެވޭ ޗާޓުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށްޓާއި އިކޯސިސްޓަމްތަކާ ގުޅޭ ސައިންޓިފިކް އަދި އިތުބާރުހުރި ތަޞައްވުރެއް ލިބިގެންދާނެއެވެ. އަދި މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ޕްލޭންތައް އެކަށައެޅުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ހެކީގެ މައްޗަށް ބިނާކޮށް ޤައުމީ ފެންވަރުގައި ނިންމުންތައް ނިންމުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެކެވެ.

މި މުހިންމު މަސައްކަތުގައި ޖީ.އީ.އޯ (GEO) އާއި ގްލޯބަލް އިކޮލޮޖީ ލެބުން ވެދެއްވި އެއްބާރުލުމާއި ދެއްވި އެހީތެރިކަމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.