ދުނިޔޭގެ ތިންވަނަ ގްލޯބަލް ޑައިލޮގްގައި ރާއްޖެއިން ބައިވެރިވެއްޖެ
ތައިލެންޑުގެ ބެންކޮކުގައި ކުރިއަށްދިޔަ "ތާރޑް ގްލޯބަލް ޑައިލޮގް އޮން ދަ އިމްޕެކްޓްސް އޮފް ދަ އިމްޕްލިމެންޓޭޝަން އޮފް ރެސްޕޮންސް މެޝާރސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަމްސީލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސީނިއަރ އެންވަޔަރަންމަންޓް މެނޭޖްމަންޓް އޮފިސަރ އަޙްމަދު މަސޫނެވެ.
ދުނިޔޭގެ ފެންވަރުގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، ވިލުންތެރި، އިންސާފުވެރި ބަދަލަކަށް (ޖަސްޓް ޓްރާންސިޝަން) ވާސިލުވުމަށާއި، ދުނިޔޭގެ ދުރުރާސްތާގެ ދަށް-ބޭރުވުމުގެ (ލޯ-އެމިޝަން) މަގުތަކުގެ ތެރެއިން މޫސުމީ އަދި އިޤްތިޞާދީ ވިލުންތެރިކަން ބިނާކުރުމާ ގުޅޭގޮތުން ރާއްޖޭގެ ވިސްނުމާއި ތަޞައްވުރު އަޙްމަދު މަސޫން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށާއި އިޖުތިމާޢީ ޙާލަތަށް ކުރާ އަސަރުތަކާ މެދު މަޝްވަރާކޮށް، ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
